ރަހީނުކުރި މައްސަލަ: އެކަކުގެ ބަންދަށް 15 ދުވަސް، ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފި
2023/06/18 11:57
ހެންވޭރު ގެއެއްގައި ތިން މީހަކު ރަހީނުކުރި މައްސަލައެއްގައި ހައްޔަރުކުރި އެކަކުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ރަހީނުކޮށްފައި ތިބި ތިން ދިވެހިން ފުލުހުން ބާރުގެ ބޭނުންކޮށްގެން ސަލާމަތްކޮށްފައިވަނީ އިއްޔެއެވެ.
އެ މައްސަލާގައި ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނީ...