އެމެރިކާއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކަން ދެއްވައިފި އެވެ.
އެމެރިކާއަކީ ދިވެހިން ދުރާލާ ވިސާ ހޯދައިގެން ދަތުރުކުރަން ޖެހޭ ގައުމެކެވެ. ދިވެހިންނަށް ވިސާ ދެނީ ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށެވެ.
ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބްލިންކަންއާ އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށް ޝާހިދު އެދިވަޑައިގަތެވެ. އަދި ބްލިންކަން ވަނީ އެކަމުގެ މުހިންމުކަން ފާހަގަ ކުރައްވައި އެފަދަ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ދިވެހިންނަށް އެމެރިކާއިން ދޭ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރު ކުރުމާ ބެހޭގޮތުން އިއްޔެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
ޝާހިދާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމެރިކާގައި ރާއްޖޭގެ އިތުރު އެމްބަސީއެއް މިއަދު ހުޅުވި އެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ