ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި ހުޅުވައިފިއެވެ.
އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ދިވެހި އެމްބަސީ ހުޅުވާފައިވަނީ ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގައެވެ.
އެމްބަސީ ހުޅުވުމުގެ ރަސްމިއްޔުާތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ސައުތު އަދި ސެންޓްރަލް އޭޝިއަށް އެފެއާސްގެ އެސިސްޓެންޓް ސެކެރެޓަރީ ލޫވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
2007 ވަނަ އަހަރު ރާއްޖޭގެ އެމްބަސީއެއް، އެމެރިކާގައި ފުރަތަމަ އަހަރުއެވެ. އެކަމަކު ހަރަދުތައް ބޮޑުވެގެން އެ އެމްބަސީ 2008 ވަނަ އަހަރު ބަންދުކުރިއެވެ.
https://twitter.com/State_SCA/status/1669821193543733249
ރާއްޖޭގެ އެމްބަސީއެއް އެމެރިކާގައި އަލުން ހުޅުވާފައިވާއިރު އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ނަމަވެސް އެ އެމްބަސީ ހުޅުވާނެ ސީދާ ތާރީހެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
އެމެރިކާގެ އެމްބަސީ ރާއްޖޭގައި ހުޅުވާނެކަން އިއުލާންކުރީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ 2020 ވަނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ