މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެސްޓީއޯގެ ތިން މުވައްޒަފަކަށް ފުރުސަތު ދީފިއެވެ.
އެގޮތުން މާދަމާ މި މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މުވައްޒަފުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޏ.ފުވައްމުލަށް ފިހާރަ، އެސްޓީއޯ ސ.ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލް ގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
އެސްޓީއޯ އިން ބުނީ މި ސްކީމަކީ 2016 ވަނަ އަހަރުން ފެށިގެން މުވައްޒަފުންނަށް ހުޅުވާލެވުނު ސްކީމެއް ކަމަށެވެ.
މި ސްކީމްގެ ދަށުން ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ފަރުޟު ޙައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް 10 އަހަރު ޚިދުމަތް ކޮށްފައިވާފަރާތްތަކަށެވެ.
އަދި ޙައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން 1 ޖާގަ ޚާއްސަ ކުރެވެނީއުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހުޙިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ޙާޒިރީއަށް އެންމެ ރަގަޅު މުވައްޒަފަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އިތުރު ޖާގަ ހޮވަނީ ގުރުއަތުންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ބޭރު ޤައުމުތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ހައްޖާޖީންނަށް 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާމް ހަމަޖެހިފައިނުވާތީއެއަހަރު ހޮވިފައިވާ މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެވިފައި ނުވެއެވެ.
ނަމަވެސް ޙައްޖަށް ގެންދިއުމުގެ ކަންތައްތައް މަޑުޖެހިފައި އޮތުމަށްފަހު، އަލުން މި އިންތިޒާމްތަށް ހަމަޖެހުމުން، 2022 އަދި 2023 ވަނަ އަހަރު މިމުވައްޒަފުން ޙައްޖަށް ފޮނުވުމުގެއިންތިޒާމްތައް ހަމަޖެހުނެވެ.
އެސްޓީއޯގެ ފަރާތުން ކުރިއަށްއޮތް އަހަރުތަކުގައިވެސް މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަން ފާހަގަކޮށްލަމެވެ.