ކަނޑުގެ މުއްސަނދިކަން ދިރާސާކުރުމުން އާ ދޮރުތަކެއް ހުޅުވިގެން ދާނެ
2026/01/29 08:33
ކަނޑުގެ ބޮޑު މުއްސަނދިކަން ފަރުވާތެރިކަމާއެކު ދިރާސާކޮށް ތަރައްގީ ކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް)ގައި ކުރެވޭ އެ ބާވަތުގެ...