މަސްވެރިން މިފްކޯ އަށް މަސް ކިރުމަށްފަހު ފައިސާ ނުލިބޭ މައްސަލާގައި މިހާރު ކުރަމުން އަންނަ އިހުތިޖާޖު ނިންމާ ނުލާނެ ކަމަށާއި މާދަމާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން މަސްވެރިން އިއުލާން ކޮށްފިއެވެ.
މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަނީ ގއ. ކޫއްޑޫގައެވެ. އަދި މިއަދު އައްޑޫގައި ހުންނަ މިފްކޯގެ މަސް ފެކްޓަރީ ބަންދުކޮށް އެތަނުގައި މަސްވެރިން އަންނަނީ ހަޅުތާލު ކުރަމުންނެވެ. މި ހަޅުތާލުތަކުގައި އިސްކޮށް އުޅޭ ގއ. ވިލިނގިލީ، "ފަހިމަގު 303" ދޯނީގެ މަސްވެރިޔާ އަލީ ސާޖިދު މިއަދު އެކްސްގައި ވަނީ ވީޑިއޯ ޕޯސްޓެއް ކޮށްފައެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މަސްވެރިން ކޫއްޑޫ ބަނދަރު ކައިރީގައި ތިބޭ މަންޒަރު ފެނެއެވެ. ސާޖިދު ބުނީ މަސްވެރިން ތިބީ މިފްކޯގެ ސީއީއޯގެ ބަހެއް ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެން މާދަމާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ޖައްސާ ވާހަކަ އިއުލާންކުރަން. އަޅުގަނޑުމެން ފާއިސާ ނުލިބޭހާ ހިނދަކު އަޅުގަނޑުގެމެން މިގޮތަށް…" ސާޖިދު ބުންޏެވެ.
ކޫއްޑޫގައި މަސްވެރިން ކުރަމުން ގެންދާ އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވެސް އިއްޔެ ވަނީ ކޫއްޑޫގައި އިހުތިޖާޖު ކުރާ ބައިވެރިންނާ ބައްދަލުކޮށްފައެވެ.
މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހު 26ގައި ދޭނެ ކަމަށް މިނިސްޓަރު ދެންނެވިއެވެ. ނަމަވެސް މަސްވެރިން އެގޮތަށް އެއްބަހެއް ނުވިއެވެ.
މީޑިއާތަކަށް ފައިސާ ދިނުން މިވަގުތަށް ހުއްޓާލަންޖެހޭ: އެމްޖޭއޭ
ކޭޕާކް މައްސަލަ: މަންޑޭ 397 އަހަރަށް ޖަލަށް
އިންސާފުވެރި އިންތިހާބެއް ލިބިދާނެކަމާމެދު ސުވާލު އުފެދޭ: މަޓޭ
4،000 ފްލެޓު: ޝަރުތު ހަމަނުވާ 450 މީހުން ލިސްޓުން އުނިކުރި
ވައްކަންކުރި މީހަކަށް އަނިޔާކުރި ދެ މީހަކު ހައްޔަރުކޮށްފި