ގއ. ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު އަކީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑާއެވެ.
މިއަދު ރައީސް އޮފީހުގައި ވަނީ އެ މަޝްރޫއު ލަކީ ގްލޯބަލާއި ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. ގްލޯބަލް ޕްރޮޖެކްޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާޝިޝް އޮބަރޯއިއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއް އަހަރު ދުވަހު މަސައްކަތް ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ 6.6 މިލިއަން ޑޮލަރެވެ.
ރާއްޖޭގައި މިވަގުތު ހުރި 8500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް ފަންސަވީސް ހާސް ޓަނަށް އިތުރުކުރުމަށެވެ.
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް