ލޭނު އެޅުމަށް ހުއްދަ ދިނުމާއި ދެކޮޅު ހެދުމުގެ ގޮތުންނާއި މަސްވެރިންގެ މުޒާހަރާ ފެށީ މިއަދު ހެނދުނު ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުންނެވެ.

މުޒާހަރާގައި ގާތްގަނޑަކަށް 40 އަށް ދޯނި ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިވި މަސްވެރިން ޑިމާންޑު ކުރީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާ ބައްދަލުކުރުމަށެވެ.

ނަމަވެސް މުޒާހަރާ ކުރާ ސަރަހައްދަށް މިނިސްޓަރު ވަޑައިނުގަތުމުން މަސްވެރިން މާލެ އަށް މިސްރާބު ޖެހިއެވެ. މަސްވެރިންނަށް ލިބެންވާ ފައިސާ ނުލިބޭ މައްސަލާގައި އިހުތިޖާޖު ކުރަމުން އަންނަ މަސްވެރިންތައް އެއް ނަންބަރު ފާލަން ކައިރިން ދާނީ އެކަށީގެންވާ ޖަވާބެއް ލިބުމުން ކަމަށް މަސްވެރިން ބުނެފިއެވެ.

މަސްވެރިންގެ މުޒާހަރާ ފެށީ މިއަދު ހެނދުނު ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުންނެވެ. މުޒާހަރާގައި ގާތްގަނޑަކަށް 40 އަށް ދޯނި ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިވި މަސްވެރިން ޑިމާންޑު ކުރީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާ ބައްދަލުކުރުމަށެވެ.

ނަމަވެސް މުޒާހަރާ ކުރާ ސަރަހައްދަށް މިނިސްޓަރު ވަޑައިނުގަތުމުން މަސްވެރިން މާލެ އަށް މިސްރާބު ޖެހިއެވެ. އަދި މާލެ އެއްނަންބަރު ފާލަން ކައިރިއަށް މަސް ދޯނިތައް އައިސް މަސްވެރިން އެމީހުންގެ އަޑު އުފުލިއެވެ. މަސްވެރިން މާލެއަށް އައުމާއެކު ފިޝަރީޒް މިނިސްޓަރު ޝިޔާމުވެސް މަސްވެެރިންނާއި ބައްދަލުކުރެއްވުމަށް އެ ސަރަހައްދަށް ވަޑައިގަތެވެ.

މަގޫދޫ، އާރު ދޯނީގެ ކެޔޮޅު، އަންވަރު އަބްދުﷲ. އަދި ބޮޑު ކަންނެލި މަސްވެރި ޔޫނިއަންގެ އެކްސްކޯ މެމްބަރެއް ———

ބޮޑުކަންނެލި މަސްވެރި ޔޫނިއަންގެ އެކްސްކޯ މެންބަރު އަދި ފ. މަގޫދޫ، އާރު ދޯނީގެ ކެޔޮޅު އަންވަރު "ހަތާވީސް" އަށް މިއަދު ބުނީ މުޒަހާރާ ހުއްޓާ ނުލާ ކަމަށެވެ. އަދި މާދަމާގެ ވަގުތުގައި ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝިޔާމް ދެއްވާފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ. އެހެންކަމުން މުޒާހަރާ މިވަގުތަށް މަަދުޖައްސާލާފައިވާ ކަމަށް އަންވަރު ވިދާޚުވިއެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ޖަވާބެއް ލިބެންދެން މުޒާރާ ކުރިޔަށް ދާނެ" އޭނާ ބުންޏެވެ.

މުޒާހަރާ ކުރާ މަސްވެރިންގެ ޑިމާންޑުތައް:

  • މިފްކޯ އަށް ކަންނެލި ގަންނަން ފެށުން
  • ކަންނެލި މަހުގެ އަގު 80 ރުފިޔާ 100 ރުފިޔާ އަށް ހެދުން
  • އެކަށީވެން އަގެއްގައި މަސްވެރިންނަށް ތެޔޮ ދޫކުރުން
  • ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދިނުން

މަސްވެރިންގެ ކަންބޮވުންތަކަށް ހައްލު ގެނެސްދޭން ބޭނުން ނަމަ ސަރުކާރުން މަސްވެެރިންގެ ކަންބޮޑުވުންތައް އަޑުއަހާ ލަސްނުވެ ޖަވާބު ދޭން ޖެހޭ ކަމަށް އަންވަރު ބުންޏެވެ.