ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ޕްރޮމޯޓް ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާ ކުރުމުންދާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް ވިދާޅުވެއްޖެއެވެ.
ގއ. ގެމަނަފުށީގެ އައިސް ޕްލާންޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން އިންޑިއާ ސަފީރު ޖީ. ބާލަސުބްރަމަނިއަމް ވަނީ މަސްވެރިކަން ޕްރޮމޯޓު ކުރުމަށް ދިވެހި ސަރުކާރުން އުފައްދާފައިވާ ކުންފުންޏާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ޕްރޮމޯޓު ކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ އެބަހުރި ކޮޗިންގައި މެރައިން ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމެންޓްއޭޖެންސީއެއް. އަޅުގަނޑުމެން މަސައްކަތް ކުރާނަން ރާއްޖޭގެ މަސްވެރިކަމުގެ ޕްރޮމޯޝަން އޭޖެންސީއާއި ގާތް ގުޅުމެއް އުފައްދަން. އޭރުން ރާއްޖޭގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރެވޭނެ " އިންޑިއާ ސަފީރު ވިދާޅުވިއެވެ.
އެގައުމުގެ އެހީގައި ރާއްޖޭގެ ރާއްޖޭގެ 6 ސަރަހައްދެއްގައި މަސް ފެކްޓަރީ ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުން ވަނީ ކުންފުންޏެއް އުފައްދާފައެވެ. މިކުންފުނި އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް މުޖުތަމަޢަށް އެސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަރކަލްޗަރ އާއި މެރިކަލްޗަރ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން