މިނިވަންކަން ދިފާއު ކުރެވޭނީ އދ. ގެ މެމްބަރެއްގެ ގޮތުގައި އޮވެގެން
2024/09/22 11:44
ރާއްޖޭގެ މިނިވަންކަމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރެވޭނީ އދ. ގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ގެ މެމްބަރުކަން ރާއްޖެއަށް ލިބުނުތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބެއްގައި...