ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށާއި އެހެންވެ, އެ އިސްލާހުގެ ދަށުން ފަނޑިޔާރުން ވަކި ކުރުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ވަކީލުންގެ މެމްބަރުން ބައިވެރިނުވާން ބާ ކައުންސިލުން ވެސް މިއަދު އަންގައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށްކުރަން ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ގާނޫނަށް ގެންނަ ބަދަލަކުން ފަނޑިޔާރުން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ފަރާތަކުން ނުބެހެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވަނިކޮށް ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިކުރަން އޮންނަ އުސޫލާ ހިލާފަށް އެ އިސްލާހުގެ ދަށުން ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ހިލާފް ކަމެއް ކަމަށް ބާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އެ އިސްލާހުގެ ދަށުން ޖޭއެސްސީން ފަނޑިޔާރުން ވަކިކުރުމުގައި ވަކީލުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެމްބަރު އަލީ އަބްދުއްލަތީފް ބައިވެރިނުވުމަކީ ވަކީލުންގެ އެދުމެއް ކަމަށްވާތީ އެކަމުގައި ބައިވެރިނުވާން އޭނާއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.
ފަނޑިޔާރުން ވަކިކުރަން ގާނޫނަށް ގެނައި އިސްލާހުގެ މަޖިލީހުން ފާސްކުރިއިރު, ޕާޓީން ވަކި ކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނިކޮށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި