އައްޑޫ ސިޓީ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، މަރަދޫން ހިތަދޫ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލް ބްރިޖުގެ ބެންޑް ހިސާބުން ކޮންޓްރޯލް ނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޜުވީ ނިޔާވީ މާލެ، ގ. ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރެވެ.
އައްޑޫ ހަންކެޑެ ބްރިޖު ތަރައްގީ ކުރުމަށްފަހު އަލުން ހުޅުވީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިއީ މި ބްރިޖު ހުޅުވި ފަހުން ހިނގާދިޔަ ފުރަތަމަ އެކްސިޑެންޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ