ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަކީ މިހާތަނަށް އެންމެ އޮޅުވާލުން ގިނަ ރިޔާސީ ބަޔާން ކަމަށް އެމްޑީޕީން ބުނެފިއެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދާރީވުމުގެ ގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު މިއަހަރު ދެއްވި ރިޔާސީ ބަޔާނުން ރައްޔިތުންނަށް ލިބުނު އެއްވެސް އުފަލެއް ނެތްތަނުގައި ލިބުނީ އިތުރު މާޔޫސް ކަމެއް ކަމަށެވެ.
ސަރުކާރުން ގައުމުގެ އިގްތިސޯދީ އަދި މާލީ ކަންކަން ހައްލު ކުރުމަށް ގެންގުޅޭނެ ސިޔާސަތެއް ރިޔާސީ ބަޔާނުގައި ހާމަ ކޮށްފައި ނުވާ ކަމަށާއި ބަޖެޓަށް އެއްވެސް ފައިސާއެއް މިއަހަރުވެސް ހޯދިފައި ނުވާ ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.
"އިގުތިސޯދީ އަދި މާލީ ކަންކަން ހައްލު ކުރާނެ ސިޔާސަތުތަކެއް ބުނެ ނުދެވުނު. މި އަހަރުގެ ރިޔާސީ ބަޔާނަކީ މިހާތަނަށް އިވުނު އެންމެ އޮޅުވާލުން ގިނަ ރިޔާސީ ބަޔާން،" ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ސަރުކާރުގައި ފައިސާ ނެތިގެން އަވަސް ގޮތެއްގައި ފައިސާ ހޯދުމަށް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރާ ރަށްތަކާއި ފަޅުތަކުގެ އަގު އެތައް ގުނައެއް ކުޑަކޮށްފައިވާ ކަމަށެވެ. އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްޑީޕީގެ ސަރުކާރުން ކަނޑައަޅާފައިވާ އަގު ކުޑަކޮށް ރަށްތަކާއި ފަޅުތައް "ސޭލް" އަޅުވާލާފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާއި ދިމާލަށް ކަމަށެވެ. އެގޮތުން ގާނޫނުއަސާސީން ދީފައިވާ އެތައް ހައްގެއް އުނި ކުރަމުން އަންނަ ކަމަށާއި ވެރިކަމުގެ ބާރުތައް ގަދަ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ