ސަރުކާރު ހިންގާ، ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ތ. ކަނޑޫދޫގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ހަމަނުޖެހުން ހިންގައިފިއެވެ.
ހަމަނުޖެހުން ހިންގި ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން މީހަކު ވޯޓު ފޮށި އަތުލަން މަސައްކަތް ކުރަނިކޮށް، އެހެން މީހަކު އައިސް އޭނާ ހުއްޓުވަން މަސައްކަތް ކުރާތަން ފެނެއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ މިއަދު މެންދުރުފަހު ހިނގި އެ ހާދިސާގައި ފޮށި ފަޅާލައިގެން ވޯޓުލުން ހުއްޓިފައިވާ ކަމަށެވެ. ހަމަނުޖެހުން ހިންގީ ޕީއެންސީގެ ސްޓިއަރިން ކޮމެޓީއަށް ވާދަކުރި ދެ މެމްބަރެއް ކަމަށާއި ފޮށި ފަޅާލުމަށްފަހު ބައެއް ކަރުދާސް ގެއަށް ވެސް ގެންދިޔަ ކަަމަށް ރީހާން ވިދާޅުވިއެވެ.
"ފުލުހުން އެޓެންޑެއް ނުވޭ. މިހާރު އެ ހިސާބަކަށް ނުދޭ. ވޯޓުލުން އެ ހިސާބުން ހުއްޓާލާފަ އޮތީ،" އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރިހާން ވިދާޅުވިއެވެ.
ޕީއެންސީ އެތެރޭގެ އިންތިހާބުގައި 33،000 ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
36 ކިލޯގެ ޑުރަގު އެތެރެކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި