ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، އަންނަ އަހަރު ރާއްޖެއަށް ބޭރު ގައުމުތަކުން އެންމެ ގިނައިން ސީދާ ހިލޭ އެހީ ދޭ ގައުމަކަށް އިންޑިއާ ވާނެއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2027 ވަނަ އަހަރު ބޭރުގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ސީދާ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޖުމްލަ 55.4 މިލިއަން ދިވެހި ރުފިޔާ (ގާތްގަނޑަކަށް 3.6 މިލިއަން އެމެރިކާ ޑޮލަރު) ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ފޯރުކޮށްދޭނީ އިންޑިއާ ސަރުކާރުންނެވެ. އެ ގައުމުން 26.8 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، 2026 ވަނަ އަހަރުވެސް ދެމިއޮތް މާލީ އެހީތެރިކަމުގެ މި ޓްރެންޑް ކުރިއަށް އޮތް އަހަރު ވެސް ދެމިގެންދާނެއެވެ.
އެގޮތުން، 2026 ވަނަ އަހަރު އެކި ގައުމުތަކުން ބައިލެޓަރަލް ހިލޭ އެހީގެ ގޮތުގައި ޖުމްލަ 365.6 މިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާއިރު، އެ އަހަރު ވެސް އެންމެ ބޮޑު އެހީއެއް ދީފައިވަނީ އިންޑިއާއިންނެވެ. އެއީ 105.7 މިލިއަން ރުފިޔާގެ އެހީއެކެވެ.
އިންޑިއާ އަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރި ގައުމެވެ. ފާއިތުވެދިޔަ ގިނަ އަހަރުތަކުގައި އިންޑިއާ އިން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މުހިއްމު ބައިވެރިއަކަށްވެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި