ށ. ޅައިމަގަށް މިއަދު ނަގޫރޯޅިއެއް އަރާ އެރަށަށް ގެއްލުންތަކެއްވެ، މީހަކަށް އަނިޔާވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން މިއަދު ބުނީ ޅައިމަގުގައި ނަގޫރޯޅި އެރުމުނުން ވިއްސައިގެން ދިޔަ ޓިނު ގަނޑަކުން ޖެހި މީހަކަށް އަނިޔާވި ކަމަށެވެ.

އެގޮތުން އެ މީހާގެ ބޯ ފަޅައިގެން ދިޔަ ކަމަށާއި އެމީހާ އަށް ފަރުވާ ދެމުން އަންނަ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

ޅައިމަގަށް ނަގޫ ރޯޅި އެރުމުން ހަތަރު ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

ކުރިޔަށް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.