ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ ކ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން މެޓުން ވަނީ އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފައެވެ. މެޓުން އެލާޓު ނެރުނީ މެންދުރު 13:30 އިން 16:00 އަށެވެ.
ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ އިއްޔެ ބުނެފައެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި
އިސްލާމީ ޝަހުސިއްޔަތު ކިލަނބުކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެ
ރައީސް މުއިއްޒުގެ ޕާކިސްތާނު ދަތުރުފުޅަށް އިންޑިއާގެ ރައްދު