ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ކުރިމަތިލައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު މަގާމުން ރިޓަޔާ ކުރައްވާތީއެވެ.

އަލީ ރަޝީދު މަގާމުން ރިޓަޔާ ކުރައްވަނީ އަންނަ މަހުން ފެށިގެންނެވެ.

ދެ ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވިއިރު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.