ކުރީގެ ރައީސް އަބްދުالله ޔާމީނަށް ފައިސާ ނޫން އެއްޗެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ, ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ ބަހުގެ ހޫނު ހަމަލާތަކެއް ޔާމީނަށް ރޭ ދެއްވައިފި އެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމަށް އެތައް ސަތޭކަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށާއި ނަމަވެސް އެ ފައިސާތައް ޔާމީން ގެންގުޅުއްވީ އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރައްވައިގެން ކަމަށާއި އޭގެ ނަތީޖާއަކަށްވީ އެފަހަރުގެ އިންތިހާބުން ޕީޕީއެމް ބަލިވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޔާމީންގެ ފޮޓޯފުޅު ދައްކައިގެން ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި, ފައިސަލް ވިދާޅުވީ ޔާމީން ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯފުޅު ދައްކަވައިގެން ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން މައުމޫން ބޭއްވީ ޖަލުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ރައީސް މައުމޫން ކަމުގައި ވިޔަސް އަދި ފާރިސް މައުމޫން ކަމުގައި ވިޔަސް, މި އެންމެ ބޭފުޅުން ޖަލަށް ލައިގެން ދިވެހިރާއްޖޭގައި ބިރުވެރި ހާލަތެއް އުފައްދައިގެން 2018 ވަނަ އަހަރުގައި ހޯދަން އުޅުމުގެ ނަތީޖާއަކީ ދިވެހި ރައްޔިތުން ބޮޑު ތަނުން ނޫނެކޭ ބުނެ, ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުން އެމަނިކުފާނު އެކަހެރިކުރީ." ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރާއްޖެ ބަނގުރޫޓްވަނީ ކަމަށް ބުނެ ވާހަކަ ދެއްކިޔަސް, އެ ހާލަތު ރާއްޖެއަށް ނާންނާނެ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެނައީ މި ސަރުކާރުން ކަމަށާއި އެތައް އިންވެސްޓަރުންނެއް މިހާރު ވެސް ތިބީ ރާއްޖޭގައި ޓޫރިޒަމް ފުޅާކުރަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން