ގުޖުރާތުގެ ބަނާސްކާންތާ ޑިސްޓްރިކްޓްގައި 14,400 ކްރޯޑް ރުޕީސްއަށްވުރެ ގިނަ ފައިސާގެ ތަރައްޤީގެ މަޝްރޫޢުތައް އިފްތިތާކޮށްފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އެމަނިކުފާނު ވަނީ އެ މަޝްރޫއުތަކުގެ ބިންގާވެސް އަޅުއްވައިދެއްވައިފައެވެ.
މީގެއިތުރުން، 'ޕްރަދާން މަންތުރީ ކިސާން ސައްމާން ނިދި' (ޕީއެމް-ކިސާން) ސްކީމްގެ 24 ވަނަ އިންސްޓޯލްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 19,000 ކްރޯޑް ރުޕީސް ބޮޑުވަޒީރު މޯދީ ވަނީ ދޫކުރައްވާފައެވެ.
ބަނާސްކާންތާގައި ބޮޑުވަޒީރު ވަނީ ބީލްޑީގައި ހުރި 'ބާރަތު ބޮވައިން ބްރީޑިންގ އެންޑް ރިސަރޗް ސެންޓަރު' (ބީބީބީއާރްސީ) އިފްތިތާހުކޮށްދެއްވާފައެވެ. 127 އެކަރުގެ ބިމެއްގައި ގާއިމުކޮށްފައިވާ އެ މަރުކަޒަކީ ގެރިގެހި އާލާކުރުމާއި، ޖެނެޓިކް އިޞްލާޙުކުރުމާއި، އަދި ކުރިއަރާފައިވާ ރީޕްރޮޑަކްޓިވް ޓެކްނޮލޮޖީތައް ވަރުގަދަކުރުމަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
އަދި ބަނާސް ޑެއިރީގެ ދެ ބަޔޯ-ސީއެންޖީ ޕްލާންޓް ތަރަޑް އަދި ރާދަންޕޫރުގައި ޤާއިމުކުރުމަށްވެސް އެމަނިކުފާނު ބިންގާ އަޅުއްވައިދެއްވިއެވެ. މި ދެ ޕްލާންޓަކީ ދުވާލަކު 75 މެޓްރިކް ޓަނާއި 100 މެޓްރިކް ޓަނުގެ ގެރިގުއި ޕްރޮސެސްކުރުމުގެ ޤާބިލުކަން ލިބިގެންވާ ދެ ޕްލާންޓެވެ.
އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، އަޙްމަދާއާބާދު މެޓްރޯ ފޭސް-2، އެއަރޕޯޓަށާއި ޖީ.އައި.އެފް.ޓީ (ގިފްޓް) ސިޓީއަށް ފުޅާކުރުމުގެ މަޝްރޫޢުގެ ބިންގާވެސް ބޮޑުވަޒީރު އަޅުއްވައިދެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ