ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ، އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ދެންމެ ހުކުމް ކުރީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށެވެ. އަދި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށެވެ.
"އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރުން ކޯޓުން މަނާކޮށްފައި ވަނިކޮށް، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައުޟޫއަށް ސުވާލުކުރުމާ ގުޅިގެން ޝަހުޒާން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ ޑޮކިއުމެންޓްރީ ފެތުރުން ހުއްޓާލުމަށާއި، އޭގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުމަށެވެ. މި އަމުރު ނެރުނީ "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ކުރާ ގަޒުފުކުރުމުގެ ދައުވާއާ ގުޅިގެން ދައުލަތުން އެދިގެންނެވެ. މި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލަކީ ކޯޓު އަމުރާ ހިލާފު ކަމެއް ކަމަށް ރައީސް ފާހަގަކުރައްވައި، އޭނާ އެ ތަނުން ނުކުތުމަށް އެންގެވި އެވެ. އެއާއެކު ސެކިއުރިޓީން ވަނީ އޭނާ އެ މާލަމުން ބޭރުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުގައި ޝަހުޒާން މިއަދު ކޯޓަށް ހާޒިރުކުރި އެވެ. މީގެ އިތުރުން، ލީވާން ބަންދުކުރަން އަމުރުކުރީ އެ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ނެރެފައިވާ އަމުރާ ހިލާފަށް ޚަބަރު ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ. އޭނާ ވެސް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި