ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވާތީ އެ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން އެޕާޓީން ހުޅުވާލައިފިއެވެ.
ޕީއެންސީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 19 ވާ ބުދަ ދުވަހުގެ ހަވީރު 6:00 އެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، އެކަކަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައިފި ނަމަ، ޕާޓީގެ ޓިކެޓް އަރުވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަނާއެކު އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް، ކަނޑައެޅިފައިވާ އިޖުރާއާތުތަކުގެ ތެރެއިން ހޯދައި ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ ޕާޓީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެ ބައި އިލެކްޝަނުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މިމަހުގެ 29ވަނަ ދުވަހާ ހަމައަށް ވަނީ އިލެކްޝަންސް ކޮމިޝަނުން ވެސް ފުރުސަތު ހުޅުވާލައިފައެވެ.
އިލެކްޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 26ވަނަ ދުވަހު މި އިންތިހާބު ބޭއްވުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ