މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވެރިކަން ކުރި އެއްވެސް ބަޔަކަށް މިހާތަނަށް ބޭއްވި އެއްވެސް ކައުންސިލް އިންތިހާބެއް ކާމިޔާބުވެފައި ނުވާ ކަމަށާއި އެހެންނަމަވެސް، 2028ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އަބަދުވެސް ރައްޔިތުންނަށް އޮޅުވާލުމަކީ މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ފަލްސަފާއެއް ކަމަށެވެ. އެމްޑީޕީ އުފެދިގެން އައީވެސް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދުމާއި ދޮގު ވާހަކަތައް ދައްކައިގެން ކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިންތިހާބަކުން ބައްޔެއް ނުވޭ. އެކަމަކު ތާރީހަށް ބަލާލާއިރުގައި ތިބުނާ ޑިމޮކްރަސީއެކޭ ކިޔާ އެއްޗެއް އުފެދުނު ފަހުން އަދި މިހާތަނަކަށް ރާއްޖޭގެ ވެރިކަން ކުރި އެއްވެސް ބަޔަކަށް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބިފައެއް ނެތް. މިއީ ހަގީގަތް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މާތްﷲ ގެ ރަހުމަތްފުޅާއެކު 2028ގައި އަޅުގަނޑުމެން ތިބޭނީ ވެރިކަމުގައި އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން،" ސަލީމް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅާފައިވާ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ސަލީމް ވަނީ އެންމެ ފުރަތަމަ ބިމަކީ ކޮން އެއްޗެއް ކަމަށާއި އެއީ ކިހާވަރެއްގެ ހައްގެއް އޮތް އެއްޗެއްކަން އެނގެން ޖެހޭނެ ކަމަށެވެ.
"ބިމުގެ އެންމެ ކައިވަތެއް ނުހައްގުން ދިން ކަމުގައިވިއަސް ގިޔާމަތް ދުވަހުގައި އޭގެ ހަތް ބިން ކަރުގައި އަޅައިގެން ހިނގަން ޖެހޭނެ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މިހެން ހުންނަ ކަންކަމުގައި ހިތުހުރި ގޮތަކަށް ބިންތައް ދީ ހިތުހުރި ގޮތަކަށް ފްލެޓުތައް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ