ޕީއެންސީ އަކީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ސިޔާސީ ޕާޓީއެއް ކަމަށާއި މާލޭގެ މޭޔަރު ކަމަށް އެޕާޓީން ކަނޑައަޅާފައިވާ ކެންޑިޑޭޓަކީ ވެސް އެ ވިސްނުމުގައި ކަނޑައެޅުއްވި ކެންޑިޑޭޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީ އަކީ އެންމެ ފުރަތަމަ ގައުމު ހަގީގީ މާނާގައި ގަބޫލުކުރާ އެކަން ތަންފީޒުކުރާ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްތައް ވެސް ކުރަނީ ހަމަ އެ ބީދައިން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނަށާއި ޕީއެންސީ އަށް މުހިއްމީ އަމިއްލަ އެދުމެއް ނޫން ކަމަށާއި މުހިއްމީ ގައުމު ކަމަށެވެ.
"އަޅުގަނޑުމެން މިއަދާއި ހަމައަށް އައިއިރުގައި ތިންވަނަ އަހަރު ގުނަމުން މިދަނީ.... ދިޔައިރުގައި ނިމިގެން ދިޔަ ކޮންމެ ދުވަހެއް އެއީ އަޅުގަނޑުމެން ގައުމު އިސްކޮށްގެން ކުރިޔަށް ދިޔަ ދުވަސްތައް. ޕާޓީން ކަންކަން ކުރަމުން މިދަނީ ވެސް ހަމަ މިގޮތަށް. ގައުމީ ވިސްނުމުގައި... އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް ވަކި އަހަރެއްގެ ފަހުން އުފަންވި ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ކުރުމަށް "ޖެނެރޭޝަން ބޭން" ފެށީވެސް ގައުމީ ވިސްނުމުގައި ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދޭނެ ބަޔަކަށް ނުވަތަ އިދާރާއަކަށް އޮންނާނީ މާލޭ ސިޓީ ކައުންސިލް ކަމަށާއި މާލޭގެ މޭޔަރު ކެންޑިޑޭޓު ކަމަށް މޫސާ އަލީ ޖަލީލް ކަނޑައެޅުއްވީ ގައުމީ ވިސްނުމުގައި މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޕީއެންސީން ތާއީދުކުރާ ސަބަބުތަކާއި އަދި އެމަނިކުފާނު އެކަމަށް ތާއީދުކުރައްވަވާ ސަބަބުތައް ތަކުރާރު ކުރައްވައިފައެވެ. ރައީސް ވިދާޅުވީ ބޮޑު ދެ އިންތިހާބު ދެ ދުވަހެއްގައި ބޭއްވުމުން ކަންކަން ވެގެންދާތަން ރައްޔިތުންނަށް ފެނި ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި