މިހާރު މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމަ މަސް ދުވަހަށް ދިގު ދެމިއްޖެ ކަމަށްވާ ނަމަ 85 މިލިއަން ޑޮލާއި 90 މިލިއަން ޑޮލަރާއި ދެމެދުގެ ގެއްލުމެއް ރާއްޖެއަށް ވެދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަނީ އީރާނަށް ހަމަލާ ދެމުންނެވެ. އަދި ރައްދުގައި އީރާނުން ވެސް އަންނަނީ ހަމަލާ ދެމުންނެވެ. ރައްދުގައި އީރާނުން ހަމަލާ ދޭއިރު އެގައުމުން އަންނަނީ ހުންނަ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދެމުންނެވެ.
މި ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަނގުރާމަ ފެށުނު ދުވަހު ހާއްސަ ކޮމެޓީއެއް އުފައްދައިފައެވެ.
މި މަހުގެ 12ވަނަ ދުވަހު އެ ކޮމެޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް ކޮށްފާނެ އަސަރުތައް ބަލަމުން އަންނަ ކަމަށެވެ.
އެ ކޮމެޓީން ވަނީ މިއަދު ވެސް ނޫސްވެރިންނާއި ބައްދަލުކޮށް ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަދި ކޮށްފާނެ އަސަރުތަކުގެ މައުލޫމާތުތައް ހިއްސާ ކޮށްފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ އާމްދަނީ އަށް އަސަރުތައް ކުރި ނަމަވެސް، ހަރަދު ކުޑަ ނުކުރެވޭނެ ދާއިރާތައް ހުންނާނެ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްތަކަށް ކުރާ ހޭދައަށް ކުރާ ހަރަދު ކުޑަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސްގެ މިއަދުގެ އެއް އިރުޝާދަކީ ބޯހިޔާވަހިކަމާއި ސިއްހީ ކަންކަމަށް ވަރަށް ބޮޑު ޕްރިއޮރޮޓީއެއް،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ސިއްހީ ކަންކަން ފަދަ ކަންކަމަށް ކުރާ ހަރަދުތައް ކުރުމަށް ޕްރޮޖެކްޓެއްގެ ޝެޑިއުލަށް ބަދަލެއް ގެެނެސް ކޭޝްފްލޯ ބަލަން ޖެހިދާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ