ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޕީއެންސީން ބޭއްވި ސައިކަލު ބުރު ނިންމާލުމަށްފަހު ޕީއެންސީ އޮފީސް ކުރިމަތީގައި ހުންނަވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށާއި ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބިގެން ދާނެ ކަންކަން ކަމަށެވެ.
"ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން، އެހެންވީމަ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލާފައި ތިބި، ސަރުކާރުން އަޅުގަނޑު ރައްޔިތުންނަށް ވެފައިހުރި ވައުދުތައް ފުއްދުމަށް ފުރިހަމަ އެއްބާރުލުން ދޭނެ ބޭފުޅުކު ހޮއްވައިވައިދެއްވުމަށް އަޅުގަނޑު ރައްޔިތުންގެ ގާތުގައި މި އެދެނީ،". ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ ނަތީޖާ ވަރަށް ފޮނި ވާނެ ކަމަށެވެ.
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރި ހުރިހާ ވައުދުތައް ފުއްދެވުމަށް، ވަަރަށް ކަންކަން ކުރައްވާފައިވާ ކަމަށާއި، މި ސަރުކާރާއި ވާރުތަވި އިގްތިސާދީ ގޮންޖެހެންތަކުންވެސް އަރައިގަނެގެން ވަރަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވައި، ކުުރެވެމުންދާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކުރަން ސަރުކާރުގެ ބިލެއް މަޖިލީހަށް
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ ޒިޔަތު އިސްތިއުފާ ދެއްވައިފި