މެދުއިރުމަތީގައި މިހާރު ކުރިޔަށް ގެންދާ ހަނގުރާމައާ ގުޅިގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އަށް ކޮށްފާނެ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން އަންނަނީ އީރާނަށް ހަމަލާ ދެމުންނެވެ. އަދި ރައްދުގައި އީރާނުން ވެސް އަންނަނީ ހަމަލާ ދެމުންނެވެ. ރައްދުގައި އީރާނުން ހަމަލާ ދޭއިރު އެގައުމުން އަންނަނީ ހުންނަ އަރަބި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާ ދެމުންނެވެ.
މި ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަނގުރާމަ ފެށުނު ދުވަހު ހާއްސަ ކޮމެޓީއެއް އުފައްދައިފައެވެ. މިއަދު އެ ކޮމެޓީން މިހާރު އަންނަނީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތަކާއި އަދި ހަނގުރާމައާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުންނެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު ޒަމީރު ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ހަނގުރާމައިގެ ދުވަސްވަރުގައި ވެސް ފަހި ކޮށްފައި ބޭއްވޭނެ މަގު ތަނަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ ހަނގުރާމައާ ގުޅިގެން ފިނޭންސުން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވާފައެވެ.
"ދެން ރެވެނިއު އިމްޕެކްޓު ކިހިނެއްތޯ މި އަންނަނީ. އެމްއެމްއޭއާ ފިނޭންސް މިނިސްޓްރީއާ މީރާ ގުޅިގެން ޓެކްނިކަލް ލެވަލެއްގައި މިނިސްޓަރު [ފޮރިން މިނިސްޓަރު ޚަލީލް] ވިދާޅުވިހެން ކޮމެޓީއެއް އުފައްދައިގެން އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން އެބަ ގެންދަން [އާމްދަނީއަށް ކުރާނެ އަސަރު]" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އާމްދަނީ އަށް އައިސްދާނެ ބަދަލުތަކާއި ގުޅިގެން ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީއަށް ގެންނަން ޖެހޭ ބަދަލުތައް ރައީސް މުއިއްޒާ މަޝްވަރާ ކުރައްވައިގެން ގެނައުމުގެ މަސައްކަތްތައް ވެސް ފިނޭންސުން ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެ އަށް އަންނަ ގިނަ ފަތުރުވެރިން ރާއްޖެ އަށް އަންނަނީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓު ކުރުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އަސަރު ކުރާ ކަމަށާއި އެހެންކަމުން އާމްދަނީ އަށް އަސަރު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މިސާލަކަށް މި ހަނގުރާމަ 12 ދުވަހަށް ކުރިޔަށް ގޮސްފިއްޔާ ނުވަތަ 15 ދުވަހަށް ގޮސްފިއްޔާ 30 ދުވަސް ނުވަތަ 60 ދުވަހަށް ގޮސްފިއްޔާ ކިހިނެއްތޯ އަޅުގަނޑުމެންނަށް [ރާއްޖެއަށް] އިމްޕެކްޓު ކުރާނީ،" ޒަމީރު ވިދާޅުވިއެވެ.
މި އަހަރަށް ދައުލަތުން ފާސްކޮށްފައި ވަނީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ހަރަދުގެ ގޮތުގައި، 49.2 ބިލިޔަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ކަމަށާއި އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.
،މި އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ، 40.4 ބިލިޔަން ރުފިޔާއެވެ.
ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ގޮވާލަން: ނަޝީދު
ހަނގުރާމައާ ގުޅިގެން އާމްދަނީއަށް ކޮށްފާނެ އަސަރުތައް ބަލަނީ
ރައީސް އަޅުގަނޑަށް ތާއީދުކުރާ ކަމަށް ބުނެފައެއް ނޯންނާނެ: ޣާލިބް
ރައީސްގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް