ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ބުނެފައިވާ ގޮތުގައި ހުޅުމާލޭ ޖަލުގައި ދިގު ހުކުމް ތަންފީޒު ކުރަމުންދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / އުމުރުން 45 އަހަރުގެ ހަސަން ނިޔާޒް އިއްޔެ މެންދުރު ފަހު ނިޔާވެފައިވާ ކަމަށެވެ.
އިއްޔެ މެންދުރު ފަހު އޭނާ އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގެންދެވި، އަވަސް ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އަދި 14:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.
އިއްޔެ ދެން ނިޔާވި މީހަކީވެސް ހަމަ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. ނިޔާވި ގައިދީއަކީ ދަފްތަރު ނރ. 439 / އުމުރުން 53 އަހަރުގެ އިބްރާހިމް ސުހެއިލް ނަމަކަށް ކިޔާ މީހެކެވެ.
ކަރެކްޝަނުން ބުނީ ސުހެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށެވެ. ސުހެއިލް ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، 9:05 ހާއިރުގައެވެ.
އޭނާ އަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައި މީހެއްވެސްމެއެވެ.
ކަރެކްޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ދެ މީހުން ނިޔާވުމާ ގުޅިގެން އެ ސާވިސް އިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އެ ދެމީހުންގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ
ފެބްރުއަރީ 1ވަނަ ދުވަހު އެކަނިވެސް 10،000އަށްވުރެ ގިނަ ފަތުރުވެރިން
އިންޑިއާގެ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަނީ
ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކަން ފަށައިފި
3 އިންތިހާބާއެކު މުޅި ދައުލަތް އޮންނަނީ "އިންތިހާބީ ހުމެއްގައި"