ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ބާއްވަންޖެހޭ އިންތިހާބުތައް ގިނަވުމުން ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
އާދަމް ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ތިން އިންތިހާބު ބޭއްވުމުގެ ސަބަބުން މުޅި ދައުލަތް އޮންނަނީ "އިންތިޙާބީ ހުމެއް"ގެ ތެރޭގައި ކަމަށާއި އެކަމުގެ ސަބަބުން ގައުމީ އުފެއްދުންތެރި ކަމަށް މަސައްކަތް ކުރުމަށް ލިބޭ ވަގުތުން ބޮޑު ބައެއް ކެންޕެއިންތަކަށް ހޭދަ ކުރަންޖެހޭ ކަމަށެވެ.
"ބޮޑު ހަރަދެއް ހިނގާ.. ވުމާއެކު، ރާއްޖޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު، އެކުގައި ބޭއްވުމަކީ މުޅި ގައުމުގެ މަސްލަހަތު ހިމެނޭ، ވަރަށް ބޭނުންތެރި ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.
އެ ބިލުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ބާއްވާނީ އެއްކޮށް ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ދައުރު ފެށޭނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ބިލު ދިރާސާ ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނާއިބު އަދި ސިޔާސީ ޕާޓީތަކާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރު އާދަމް ޝަރީފެވެ. ދެން ބައިވެރިވެވަޑައިގަތީ އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ.
އެ ބައްދަލުވުމުގައި ވެސް އާދަމް ޝަރީފްގެ ވާހަކަފުޅުގައި ހަމަ އެ ބީދައިންނެވެ. އެގޮތުން މުޅި ގައުމު އަބަދު "އިންތިހާބުގެ ހުމެއްގެ" ތެރޭގައި ތިބުމަށް ވުރެ މުޅި ގައުމަށްޓަކައި ވެސް އަދި ރައްޔިތުންނަށް ވެސް އަދި ހަމަ އެއާ އެކީގައި ދައުލަތެއް ހިންގަން އެއިރެއްގައި ތިއްބަވާ ވެރިންނަށް ވެސް، ރައްޔިތުން މަޖިލީހަށް ވެސް އަދި ރައްޔިތުންނަށް ވެސް އެންމެ ފައިދާވާނީ އިންތިހާބުތައް މަދުކޮށްފައި ރައްޔިތުންނަށް ބާރުލިބުން ކަމަށެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާ މެެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ބާއްވަން ޖެހޭ ރިފަރެންޑަމް ވޯޓު ނެގުމަށް އިދިކޮޅު އެމްޑީޕީން ވަނީ މިއަދުގެ ބައްދަލުވުމުގައި ދެކޮޅު ހަދައިފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި