މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ކެންޑިޑޭޓުންނާއެކު ސަރުކާރު ޕާޓީ ޕީއެންސީގެ "ދޮރުންދޮރަށް" ހަރަކާތް މިއަދު ފަށައިފިއެވެ.
މާލޭގައި ހުންނަ ޕީއެންސީގެ މައި އޮފީސް ކައިރިން މިއަދު ހެނދުނު ފެށި މި ހަރަކާތަކީ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދު ހޯދުމާއި ޕީއެންސީގެ ފަރާތުން ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ޕީއެންސީން ބުނީ މާލޭގެ ހުރިހާ ސަރަހައްދެއްގެ ގޭބިސީތަކަށް ޒިޔާރާތްކޮށް، ކެންޑިޑޭޓުންގެ މެނިފެސްޓޯއާއި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
ޕީއެންސީން ކައުންސިލް އިންތިހާބަށް ކަނޑައަޅާފައި ހުންނެވި އެޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވަނީ މާލެއާއެކު ރަށްރަށުގައި ވެސް މި ހަރަކާތް ފެށުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި