މިދިޔަ އޭޕްރިލް މަހު އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ފަތުރުވެރިންނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރި ދެ ޖަމާއަތަކާއި ހަ މީހެއްގެ މައްޗަށް އިންޑިއާގެ އެންޓި-ޓެރަރިޒަމް އެޖެންސީ، ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެން.އައި.އޭ) އިން ދައުވާ އުފުލައިފިއެވެ.
އެ ހަމަލާގައި 26 މީހުން މަރުވިއެވެ. ފަތުރުވެރިކަމަށް މަޝްހޫރު ޕަހަލްގާމްގައި ހިންގި މި ގަތުލުއާންމުގެ ސަބަބުން، ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވިއެވެ.
އިންޑިއާއިން މި ހަމަލާގެ ތުހުމަތު ޕާކިސްތާނުގެ ބޮލުގައި އެޅުވި ނަމަވެސް، އިސްލާމްއާބާދުން ވަނީ އެކަން ދޮގުކޮށްފައެވެ. އދ. އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޕާކިސްތާނަށް ނިސްބަތްވާ ލަޝްކަރޭ ތައިބާ (އެލް.އީ.ޓީ) އާއި ދަ ރެސިސްޓެންސް ފްރަންޓް (ޓީ.އާރް.އެފް) ގެ މައްޗަށް އުފުލާފައިވަނީ މި ހަމަލާ "ރޭވުމާއި، މަގުފަހިކޮށްދިނުމާއި، އަދި ތަންފީޒުކުރުމުގެ" ދައުވާއެވެ.
މި ދައުވާތަކާ ގުޅޭގޮތުން ޕާކިސްތާނު ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި