އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަށް ހުޅުވާލައިފިއެވެ.
ޕީއެންސީގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން މިއަދު ވަނީ ކިއުއާރް ކޯޑެއް ޕޯސްޓު ކޮށްފައެވެ. އެ ޕާޓީން ބުނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމަށް އެ ކިއުއާރު ކޯޑް ސްކޭން ކުރުމަށެވެ.
ކައުންސިލް އިންތިހާބަށް ޕީއެންސީން ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިއްޔެ އެޕާޓީގެ ލީޑާޝިޕުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ވެސް ހަމަޖައްސަވާފައިވާ ފަލާހް ވިދާޅުވީ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ބާއްވަނީ އަންނަ މަހު 27 ގައި ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ