ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްގޮތްކުރުމަށް (ޕޭ ހާމަނައިޒްކުރުމަށް) މި މަހުން ފެށިގެން ގެނެވުނު ބަދަލުތަކުގެ ފުރިހަމަ ގޮތުގައި މުވައްޒަފުންނަށް ފެނިގެން ދާނީ އަންނަ ޑިސެމްބަރު މަހު ލިބޭ މުސާރައިން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މުވައްޒަފުންގެ ހާޒިރީއަށް ބަލައިގެން ދެވޭ އިނާޔަތްތައް ހިސާބުކުރަނީ ކުރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި ހިނގާ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
އެހެންކަމުން، މުސާރައަށް މިހާރު ގެނެވުނު ބަދަލުތަކުގެ ފައިދާ އެންމެ ފުރިހަމައަށް ފެނިގެންދާނީ ޑިސެމްބަރު މަސް ނިމޭއިރު ލިބޭ މުސާރައިންނެވެ.
މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބުކުރުމަށް ވޭތުވެދިޔަ މަހުގެ 16 އިން މި ހިނގާ މަހުގެ 15 އަށް އަމަލުކުރާ އުސޫލަކީ ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް 2010 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އުސޫލެކެވެ.
މުސާރަ ހިސާބުކުރާ އުސޫލަށް ބަލާއިރު، މި ނޮވެމްބަރު މަހުގެ މުސާރައިގައި އޮކްޓޫބަރު 16 އިން 31 އަށް ހިމެނޭނީ އޮކްޓޫބަރު މަހުގެ އެލަވަންސްތަކާއި އިނާޔަތްތަކެވެ. އަދި ނޮވެމްބަރު 1 އިން 15 އަށް ލިބޭ އިނާޔަތްތައް ހިސާބުކުރެވޭއިރު، ނޮވެމްބަރު މަހުގެ މުސާރަ ލިބޭނީ ޕޭ ފްރޭމްވޯކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އިނާޔަތުގެ ބައެއް އެކަންޏެވެ،
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި