ސޯޝަލް މީޑިއާގައި ކުރިއަށްދާ ކެންޕެއިން 'އަތުކުރި އޮޅާލަމާ' އަކީ ކޮންކަމަކާއި ގުޅޭ ކެމްޕެއިނެއްކަން ލޯންޗްކޮށްފިއެވެ. ފާއިތުވި ދުވަސްތަކުގައި އަންހެނުންނާއި ފިރެހެނުން ހިމެނޭގޮތުން އެކި އުމުރުފުރާގެ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ. މިއީ ކޮންބަޔަކު ކީއްކުރަން ކުރާ ކަމެއްތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.
'އަތުކުރި އޮޅާލަމާ' ކެމްޕެއިން ޓީމްގެ ފަރާތުން މިހާރު ވަނީ މިއީ ކޮން ކެންޕެއިނެއްކަން ލޯންޗްކޮށްފައެވެ. މިއީ ލޭހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް ވަކިން ޚާއްސަކޮށް އަމިއްލައަށް ބޭނުންވެގެން ލޭދޭ މީހުންގެ އަދަދު އިތުރުކުރުމަށް ފެށި ކެންޕެއިނެކެވެ. މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބެޗްލާސްއޮފް އާރޓްސް އިން މީޑިއާ އެންޑް ޕީއާރު ކިޔަވާ ދަރިވަރުން އިސްނަގައިގެން ކުރިއަށްގެންދާ ޤައުމީ ކެންޕެއިނެކެވެ.
ކެމްޕެއިންގެ ޓީމުން ބުނީ ކެންޕެއިނަށް 'އަތުކުރި އޮޅާލަމާ' މި ނަން ދީފައިވަނީ ވަރަށް ޚާއްސަ މަޤްސަދެއްގައިކަމަށެވެ. މީގެ މާނައަކީ ލޭހަދިޔާކުރުމަށް އެންމެންވެސް އަތުކުރި އޮޅާލާށޭކަމަށް ކެންޕެއިން ޓީމްގެ ފަރާތުން ވަނީ ބުނެފައެވެ.
ރާއްޖެއަކީ އެކިއެކި ސަބަބުތަކާއި ހުރެ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެކެވެ. އެހެންކަމުން މި ކެންޕެއިންގެ ސަބަބުން ލޭ ހަދިޔާކުރުމަށް މީހުން އިތުރުކޮށް، މިކަމަށް ހޭލުންތެރިކޮށް، އަމިއްލައަށް އެދިގެން ލޭ ދޭމީހުންގެ އަދަދު އިތުރުކޮށް އަދި ވަކިން ޚާއްސަކޮށް ލޭ ހަދިޔާކުރެވޭ ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުމަށް މަސައްކަތްކުރާނެކަމަށް އަތުކުރި އޮޅާލަމާ ކެންޕެއިން ޓީމްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ