ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ 2026ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބިން ހިއްކުމަށާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެންޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 8.3 ބިލިއަން ރުފިޔާއެވެ. މީގެތެރެއިން ބިން ހިއްކުމަށާއި އިމާރާތް ކުރުން / ބޯހިޔާވަހިކަމުގެ ދާއިރާއަށް ކަނޑައަޅާފައި ވަނީ 3.8 ބިލިއަން ރުފިޔާއެވެ.
ބަޖެޓުން ދައްކާ ގޮތުގައި ބިން ހިއްކުމަށާއި ބިން ގަތުމަށް އަންނަ އަހަރުގެ ބަޖެޓުގައި 277 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެއެވެ. ބޯހިޔާވަހިކަމަށް 1.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ބަޖެޓުގައިވެއެވެ. އެހެންނަމަވެސް އެ މަޝްރޫއުތަކުގެ އެއްވެސް ތަފްސީލެއް ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ.
މަގުތަކާއި ފާލަމާއި ބްރިޖު ފަދަ ތަންތަން ގާއިމް ކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 1.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އެއާޕޯޓުތައް ތަރައްގީ ކުރުމަށް 540 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ، 40.4 ބިލިޔަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވިއެވެ.
އަންނަ އަހަރުގައި ބަޖެޓުގައި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ބޮޑު އަދަދެއް ވަނީ ހިމަނާފައެވެ. ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް އަންނަ އަހަރުގެ ބަޖެޓުގައި 9.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި