ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރަމުން އަންނަ ފައިސާ ޕާޓީތަކަށް ދޫކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 2025 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، 2025 ވަނަ އަހަރުގެ ބަޖެޓުގެ އާމްދަނީއިން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، މިއަދު ވަނީ ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 35 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓު ކަމަށްވާތީ، 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އެންމެ ގިނަ ފައިސާ ލިބުނީ ވެރިކަމުގައި އޮތް ޕީއެންސީއަށެވެ. 13.3 މިލިއަން ރުފިޔާ ލިބިފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފައިސާ ލިބުނީ އެމްޑީޕީއަށެވެ. އެއީ 8.5 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީއަށް 2.65 މިލިއަން ރުފިޔާދ ދޫކޮށްފައިވާއިރު އަދާލަތު ޕާޓީ އާއި އެމްޑީއޭ އަށް 1.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ