ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށްފަހު، ސުވާލު ކުރުމެއް ނެތި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ނިންމާލައިފިއެވެ.
ކޮމިޓީ ބައްދަލުވުން ފެށީ މިއަދު ހެނދުނު 11:00ގައެވެ. ގަޑިއެއްހާއިރު ނުވަނީސް ކޮމިޓީ ނިންމާލިއެވެ.ކޮމިޓީއަށް ހާޒިރުވި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ވަކިވަކިން ބިލާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އެ ކޮމިޝަންގެ ކޮންމެ މެމްބަރަކު ވެސް ތަކުރާރުކޮށް ވިދާޅުވީ ފުރިހަމަ ދިރާސާއަކަށްފަހު، އެ ބިލު އެކުލަވާލަންޖެހޭ ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤު ވިދާޅުވީ އެ ބިލު ޑްރާފްޓް ކުރެއްވިއިރު، އެ ކޮމިޝަނާ މަޝްވަރާ ކުރެއްވި ނަމަ ރަނގަޅުވީސް ކަމަށެވެ. މީޑިއާ ބިލުގައި އޮންލައިން މީޑިއާތަކާއި ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ އިތުރުން ސޯޝަލް މީޑިއާ ވެސް ރެގިއުލޭޓް ކުރަންޖެހޭ ގޮތަށް އޮތުމުން އެކަމުގެ ކަންބޮޑުވުން ސަފާ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކާ އޮންނަންޖެހޭނީ ސެލްފު-ރެގިއުލޭޓަރީ ނިޒާމެއްތޯ ތޯ ނުވަތަ ކޯ-ރެގިއުލޭޓަރީ ބޮޑީއެއްތޯ ސުވާލު އުފެއްދެވިއެވެ. ސަފާތު ވާހަކަ ނިންމާލައްވަމުން ވިދާޅުވީ ގައުމީ ފެންވަރުގައި ދިރާސާއެއްކޮށްގެން ބިލު ތައްޔާރު ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި އިންނެވި، ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ބިލު ތަސްދީގު ކުރުމާ އެކު ބްރޯޑްކޮމް އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އުވިގެންދާނެއެވެ. އެއަށްފަހު އަލަށް އެކުލަވާލާ ކޮމިޝަން އުފެދެންވާއިރަށް، ކޮމިޝަންގެ މަސައްކަތް ކުރާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެންސީ)އިން އައްޔަން ކުރާ ބައެކެވެ.
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ބައިނަލްއަގުވާމީ 20 ޖަމިއްޔާއަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އެ ބިލާ ދެކޮޅަށް ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
		
										
										
		
		
		
														
							
								"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"								
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ