ހުޅުމާލޭގައި ވޯޓާ ޓީމް ޕާކު ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު މީހާއަކީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
އޭނާ ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭއެވެ. ނޭޕާލަށް ނިސްބަތްވާ އެ މީހާ ގެއްލިގެން މަސައްކަތް ކުރާ ކުންފުނިން ފުލުހުންނަށް ރިޕޯޓް ކުރީ ވެސް ހަމަ އެ ރޭއެވެ.
ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި އޭނާގެ އައިޑެންޓިޓީ ކަށަވަރު ނުވާ ކަމަށެވެ.
"ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް މިހާތަނަށް ވަނީ ހޯދިފައި. މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތް މި ގެންދަނީ ކުރަމުން. މީހާގެ ހަށިގަނޑު ވަނީ ޑީކޮމްޕޯސްވެފައި،" ފުލުހުން ބުންޏެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން