ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ބަދަލެއް ދިނުމަށްފަހު، އެ ކުންފުނިން ހިންގަމުންދިޔަ ކާޑެއްދޫ އެއާޕޯޓް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިތުރަށް ވިދާޅުވީ، ސަރުކާރުން އެތަން ތަރައްގީ ކުރަން ބޭނުންވެފައި، ވިލާއިން އަވަސް މުއްދަތެއްގައި އިންވެސްޓް ކުރެވެން ނެތުމުން، އެތަން ސަރުކާރަށް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުން ލިބޭނެ ފައިދާގެ ބޮޑުކަން އެނގި ތިބެ، ސަރުކާރަށް ދޫކޮށްލީ ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ ފަޅުރަށް ދޫކުރާ އުސޫލެއް ނޫން. އަޅުގަނޑުމެންނަށް ވެސް އެތަން ހިންގައިގެން ލިބެމުން އައި ބޮޑު ގެއްލުމާއި އަދި އެތަނަށް ވިލާއިން ކުރި ބޮޑު އިންވެސްޓްމަންޓަށް ބެލުމަށްފަހު ބަދަލެއްގެ ގޮތުން ސަރުކާރުން ދެއްވަން ނިންމެވީ 18 މިލިއަން ޑޮލަރު،" ގާސިމް ވިދާޅުވިއެވެ.
ކާޑެއްދޫ އެއާޕޯޓަކީ ދެކުނުގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު ވަސީލަތެއްގެ ގޮތުގައި ސަރުކާރުން ދެކޭކަން ފާހަގަކުރެވެއެވެ. މި އެއާޕޯޓް ތަރައްގީކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާކަން އެނގެއެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
ބަލަ ގާސިމް ޔޫ ބުނި ސަރުކާރުން ބޭނުން ވެއްޖެއްޔާ ހިލޭ ދޭނަމޭ ކެންޕެއިނުގަ.މިހާރު ރަނގަޅު ޑީލެއް ހެދީދޯ؟ތިކަމުގަ ސިއްރެއް ވާނެ.ދެންވެސް އެތަނުގަ ހުންނާނީ ހެޑުމާސްޓަރު ހަބީބުތަ؟އޭނަ އުޅެނީ ސުކޫލު ހިންގާހެން ހިންގަން.
ސުން