ސްކޫލް ކުދިންގެ އިންޓަވަލަށް ބޭނުންކުރެވޭ ގިނަ ޕްރޮޑަކްޓްތަކެއް ވަރަށް ހެޔޮ އަގެއްގައި ވިއްކުމަށް އެސްޓީއޯއިން "ބެކް ޓު ސްކޫލް ޕްރޮމޯޝަނެއް" އިއްޔެ ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، ކުޑަކުދިންގެ މެދުގައި މަޤްބޫލު ޑެވޮންޑޭލް ކިރު ޕެކެޓާއި ކްރޫގަރ ބްރޭންޑްގެ އެންމެހައި އުފެއްދުންތައް ލިބެން ހުންނާނެއެވެ. ޑެވޮންޑޭލް އަކީ ގިނަ އަދަދެއްގެ ޕްރޮޓީން އެކުލެވޭ، ހަށިގަނޑަށް ފައިދާހުރި ބްރޭންޑެކެވެ. މީގެއިތުރުން، ކުއިކްބެރީ އަދި ނަބާޓި ބްރޭންޑްގެ އެކި ރަހަރަހައިގެ ބިސްކޯދު ފަދަ ކުޑަކުދިންނަށް ކަމުދާ ޕްރޮޑަކްޓްތައްވެސް ވިއްކުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮމޯޝަންގެ ދަށުން، 100 ރުފިޔާއަށްވުރެ ގިނައިން ޚަރަދުކުރާ ކޮންމެ ފަރާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ކޫޕަނެއް ލިބިގެންދާނެއެވެ. ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް "ޕީކަބޫ" ފިހާރައިގެ އަގުހުރި ގިފްޓް ވައުޗަރުތަކެއް ލިބިގެންދާނެއެވެ. އެގޮތުން، 1 ވަނައަށް 5,000 ރުފިޔާ، 2 ވަނައަށް 2,500 ރުފިޔާ އަދި 3 ވަނައަށް 1,500 ރުފިޔާގެ ވައުޗަރު ލިބިގެންދާނެއެވެ.
އިންޓަވަލް ފުޅި ފަދަ ސްކޫލް ކުދިންނަށް ބޭނުންވާ މުހިންމު ސާމާނުން ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 2 ޕްރޮޑަކްޓް ގަތުމުން އިތުރު އެއް ޕްރޮޑަކްޓް ހިލޭ ލިބުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 7 ސެޕްޓެމްބަރ 2025 އާ ހަމައަށެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި