ދިވެހިރާއްޖެ އިޤްތިޞާދީ ކާރިސާއަކަށް ބޯމަތިވަމުންދާ ދަނޑިވަޅެއްގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. މުނައްވަރު ހަނުހުންނަވާތީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝާހިދު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑޮލަރުގެ އަގު ދިވެހި ތާރީޚުގައި ވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި، ރައްޔިތުންގެ އަތްމަތި ދަތިވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެހި، ޤައުމު މިދަނީ އިޤްތިޞާދީ އަނދަވަޅަކަށް ވެއްޓެމުން ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 20 ރުފިޔާއަށް އުފުލިފައެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ޑޮލަރުގެ އަގު އަދިވެސް އުފުލޭނެ ކަމަށެވެ.
ޝާހިދު މިއަދު ފާހަގަ ކުރެއްވި ގޮތުގައޖ "ގައުމު މިދަނީ ބަގުރޫޓު ވަމުން" ކަމަށެވެ.
މި ނާޒުކު ދަނޑިވަޅުގައި އެމްއެމްއޭގެ ގަވަރުނަރު ހަނު ހުންނެވުމަކީ ޣައިރު ޒިންމާދާރު ޢަމަލެއް ކަމަށާއި، އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. އަދި މިފަދަ ހާލަތެއްގައި، ސިޔާސީ ފަރާތްތަކުގެ މުށުތެރޭގައި ނުހުންނަވާ، ގަވަރުނަރުގެ މަޤާމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމަށް ގޮވާލައްވާފައިވެއެވެ.
ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ، "ޤައުމު ބަގުރޫޓުވެގެން ދިޔަ ނުދިނުމަށް އެމްއެމްއޭއިން އަޅުއްވާ ފިޔަވަޅުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް" ގޮވާލައްވާ ކަމަށެވެ.
އިޤްތިޞާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިވަގުތު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ވަނީ ނާޒުކު ހިސާބެއްގައެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު މައްޗަށް ދިއުމާއި، އިމްޕޯޓް ކުރާ މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް