މިއަދުން ފެށިގެންް ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް އިންޒާރުދީފައި ވަނިކޮށް، މުޅި ރާއްޖެއަށް މިއަދު އުދަ އަރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ވައިޓް އެލާޓުގައި ބުނެފައި ވަނީ މިއަދު މެންދުރުފަހުން ފެށިގެން، އިރުއޮއްސި 6 ޖެހުމާ ހަމައަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ވައި ބާރުވެ، ކަނޑުތައް ގަދަވެ، އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން އިއްޔެ ވަނީ "މޫސުމާ ބެހޭ އެޑްވައިޒަރީ"އެއް ވެސް ނެރެފައެވެ.
އެ އޮފީހުން ބުނީ ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ހާއްސަކޮށް، ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ވުމާ އެކު ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަ ކުރުމާ އެކު މޫސުމަށް ސަމާލުވުމަށް ދަންނަވަމެވެ." މެޓް އޮފީހުން ބުންޏެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު