އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރަން ޖެހިއްޖެއެވެ.
މި ޖަލްސާއަށް މާލެއިން 100 އަށްވުރެ ގިނަ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، މޫސުމަށް އައި ބަދަލާ ގުޅިގެން "ބާދުޝާހު" ބޯޓު ދަތުރު ވެސް ވަނީ ކެންސަލްކޮށްފައެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށީގައި ޖަލްސާ އިންތިޒާމްކުރުމުގައި އުޅޭ ފަރާތްތަކުގެ ލަފަޔާއި، ދައުލަތުގެ މުއައްސަސާތަކުން ދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށެވެ.
"މިހަފްތާގައި ކުޅުދުއްފުށީ ޖަލްސާ ނޯންނާނެ، އަދި މި ދަތުރު މިވަގުތު ނުކުރާނެ ވާހަކަ ދަންނަވަން. ޖަލްސާ ބާއްވާނެ ތާރީޚަކާއި ދަތުރު ކުރާނެ ދުވަސް ފަހުން އަންގާނެ," ކުޅުދުއްފުށި ދަތުރުގެ ބައިވެރިން ތިބި ގްރޫޕަކަށް ފޮނުވި މެސެޖުގައި އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން މި ޖަލްސާ ރޭވުމުގައި ޕާޓީގެ ގިނަ މެންބަރުންނާއި ތާއީދުކުރާ ފަރާތްތަކުން ވަނީ ބޮޑު އެއްބާރުލުމެއް ދީފައެވެ.
ޑެޕިއުޓީ ޗެއާޕާސަން މި ކަމަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ، ހުރިހާ ބޭފުޅުންވެސް މި ޖަލްސާއަށާއި ދަތުރަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ