އިންޑިއާ އާއި ޕާކިސްތާނުން އެއްގައުމު އަނެއް ގައުމަށް ދެމުން ދިޔަ ހަމަލާތަކުގެ ތެރެއިން އިންޑިއާ އިން ޕާކިސްތާނަށް ދީފައިވާ ހަމަލާތައް ކަމަށް ބުނެ ދައުރު ކުރަމުން ގެންދަނީ އެއްވެސް ސައްހަ ފޮޓޯތަކާއި ވީޑިއޯތަކެއް ނޫން ކަމަށް އެގައުމުން ބުނެފިއެވެ.
އިންޑިއާ ސަރުކާރާއި ގުޅޭ ގޮތުން ފަތުރާ ދޮގު ވާހަކަތަކުގެ ތެދު ހާމަކުރާ އެކްސްގެ އެކައުންޓަކުން ވަނީ މީގެ ބައެއް ފޮޓޯތަކުގެ ހަގީގަތްތައް ހާމަ ކޮށްފައެވެ. އެގޮތުން ހާމަކުރި އެއް ފޮޓޯ އަކީ އިންޑޮނޭޝިއާގައި ހިނގި ހާދިސާއެއްގެ ފޮޓޯއެކެވެ.
އެ އެކައުންޓުން ބުނީ އެއީ އިންޑިއާ އިން ޕާކިސްތާނަށް ހަމަލާ ދިނުމުގެ މާކުރިން ހިނގާފައިވާ އެހެން ގައުމެއްގެ ހާދިސާއެއް ކަމަށެވެ.
ޕާކިސްތާނުގައި ހުންނަ އެކްސް އެކައުންޓްތަކުން ވަނީ ޕާކިސްތާނުގެ ގުޖްރަންވާލާއަށް ވެއްޓުނު ޔޫއޭވީ ޑްރޯނެއް ޕާކިސްތާނުގެ އަސްކަރިއްޔާއިން އަތުލާފައިވާ ކަމަށް ބުނާ ކުރީގެ ފޮޓޯއެއް ދައުރު ކޮށްފައެވެ. ނަމަވެސް އެއީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅުންހުރި ފޮޓޯއެކެވެ. އަދި އެކަމުގެ ހަބަރު ލިންކު ވެސް އިންޑިއާ ސަރުކާރާއި ގުޅޭ ގޮތުން ފަތުރާ ދޮގު ވާހަކަތަކުގެ ތެދު ހާމަކުރާ އެކްސްގެ އެކައުންޓުން ވަނީ އާއްމު ކޮށްފައެވެ.
އިންޑިއާ އަސްކަރިއްޔާގެ ބޯޓެއް ވެއްޓިފައިވާ ކަމަށް ބުނެ ދައުރުކުރާ ވީޑިއޯތަކުގެ ހަގީގަތް ހާމަކުރަމުން އެ އެކައުންޓުން ބުނީ އެ ވީޑިއޯއަކީ މީގެ ކުރިން 2019 ވަނަ އަހަރު އިންޑިއާގެ ވައިގެ ސިފައިންގެ އެމްއައި-17 ވީ5 ހެލިކޮޕްޓަރެއް ކަޝްމީރުގެ ބަޑްގާމް ކައިރިއަށް ވެއްޓުނު ހާދިސާއެއްގެ ވީޑިއޯއެއް ކަމަށެވެ.
އިންޑިއާ އިން ވަނީ އެގައުމާއި ޕާކިސްތާނާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި ދޮގު ހަބަރުތަކުގައި ނުޖެހުމަށް އިލްތިމާސް ކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް