އިންޑިއާ އާއި ޕާކިސްތާނުން އެއްގައުމު އަނެއް ގައުމަށް ދެމުން ދިޔަ ހަމަލާތައް ހުއްޓާލަން އެ ދެ ގައުމުން ވެސް އެއްބަސްވުމުން އެކަމަށް ދިވެހިރާއްޖޭން މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވަގުތުން ހަނގުރާމަ ހުއްޓާލަން އިއުލާނު ކުރުމުން މަރުހަބާ ކިޔާ ކަމަށެވެ. އަދި ސުލްހައާއި މަޝްވަރާގެ މަގެއް އިހްތިޔާރުކޮށް، ސަރަހައްދީ ހަމަޖެހުމަށް ޓަކައި ފިޔަވަޅުތައް އެޅުއްވި ކަމަށްޓަކައި ދެގައުމުގެ ލީޑާޝިޕަށް ތައުރީފު ކުރައްވަވާ ކަމަށް ވިދާޅުވިއެވެ.
އެ ދެ ގައުމުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާކަން އެންމެ ފުރަތަމަ މީޑިއާތަކަށް ހާމަ ކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމުގެ މެދުވެރިއެއްގެ ރޯލު ކުޅުނީ އެމެރިކާ އިން ކަމަށެވެ.
"ވަރަށް ގިނައިރު ވަންދެން ކުރި މަޝްވަރާތަކަށް ފަހު، ހަމަލާތައް އެއްކޮށް އަދި ވަގުތުން ހުއްޓާލަން އިންޑިއާ އާއި ޕާކިސްތާނުން އެއްބަސްވެއްޖެކަން އުފަލާ އެކު އިއުލާނުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް އިންޑިއާގެ ބައެއް އޮފިޝަލުން އޭއެފްޕީއަށް ވިދާޅުވެފައި ވަނީ އެ މަޝްވަރާތަކަކީ ސީދާ އެ ދެގައުމުން އިސް ނަގައިގެން ކޮށްފައިވާ މަޝްވަރާތަކެއް ކަމަށެވެ. ހަމަލާތައް ހުއްޓާލިކަން ދެގައުމުގެ އިސް އޮފިޝަލުން ވެސް ކަށަވަރު ކޮށްދެއެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރް ސޯޝަލް މީޑިއާގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުން މިއަދު ވަނީ ހަމަލާތަކާއި އަސްކަރީ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމާ މެދު އެއްގަލަކަށް އަރާފައި ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއިން އަބަދުވެސް ހަމަލާދޭނީ ޓެރަރިސްޓުންނަށް ކަމަށެވެ. އަސްކަރިއްޔާއާ ކުރިމަތިލުމަކަށް ދާން އެގައުމުން ބޭނުން ނުވާ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވިއެވެ.
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ
ފެބްރުއަރީ 1ވަނަ ދުވަހު އެކަނިވެސް 10،000އަށްވުރެ ގިނަ ފަތުރުވެރިން
އިންޑިއާގެ މުދަލުން ނަގާ ޓެރިފް 18 ޕަސެންޓަށް ކުޑަކުރަނީ
ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކަން ފަށައިފި
3 އިންތިހާބާއެކު މުޅި ދައުލަތް އޮންނަނީ "އިންތިހާބީ ހުމެއްގައި"