ތެލެސީމިއާ ސެންޓަރުގެ ހިދުމަތްތައް ބޮއްސުންލާފައިވާ ކަމަށް ބުނެ، ތެލެސީމިއާ ބަލި މީހުންނާއި އެ މީހުންގެ ބެލެނެވެރިން މިރޭ މުޒާހަރާކޮށްފިއެވެ.
މުޒާހަރާ ކުރި މީހުން ބުނެފައި ވަނީ އެތަނުގެ ހިދުމަތްތައް ދެނީ ސިއްހީ ހިދުމަތެއްކަމުގައި ދެކިގެން ނޫން ކަމަށާއި ސަރުކާރު ބަންދުވާ ދުވަަސްތަކުގައި ވެސް އެތަން ބަންދުކުރާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ލޭ ނޭޅި ބައެއް ކުދިން ހާލަތު ދަށްވާ ކަމަށް ބެލެނެވެރިން ބުންޏެވެ.
މުޒާހަރާ ކުރި މީހުން ވަނީ އެތަނުގެ ވެރިންގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ.
ވާހަކަ ދައްކައިގެން، އެތަނުގެ ހާލަތު ރަނގަޅު ނުވުމުން މުޒާހަރާ ކުރަން މަޖުބޫރުވީ ކަމަށް ބުނެ، އަޑު އުފުލި މީހުން ބުނީ އެ މީހުންގެ ޑިމާންޑަކީ ތަނުގެ ހިދުމަތް ރަނގަޅު ކުރުން ކަމަށެވެ. އެގޮތުން ތެލެސީމިއާ ކުދިންނަށް ޚާއްސަ ޑޮކްޓަރެއް ގެނެސް، ހިދުމަތް ރަނގަޅު ކުރަންޖެހޭ ކަމަށާއި ލޭ ޕެކެޓުތަކަށް ގުޅާފައި ހުންނަ، ފިލްޓަރު ހަލާލުވެ، ލޭ ޕެކެޓުތައް އުކާލަންޖެހޭތީ އެކަމަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް އެތަނަށް އެއްވި މީހުން ގޮވާލިއެވެ.
މުޒާހަރާ ކުރަން ފެށީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މެނޭޖުމަންޓާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު އެއްވެސް އަލިމަގެއް ނުފެނުމުންނެވެ.
ތެލެސީމިއާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ކުރިމައްޗަށް އެއްވެ، މުޒާހަރާ ކުރަން ނުކުތީ އެ ތަނުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މެނޭޖުމަންޓާ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު ކުރިއެރުމެއް ނުލިބުމުންނެވެ.
އެތަނުގައި ހުރި މައްސަލަތައް ސޯޝަލް މީޑިއާގައި ތިލަވެ، ހައްލު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލަމުންދާތާ ދުވަސްތަކެއްވެއްޖެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ