މިއަދު ކުރިޔަށްދިޔަ ބައި އިލެކްޝަންތަކުގެ ގިނަ ގޮނޑިތައް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ވަނީ ދެ ރަށެއްގެ ކައުންސިލްގެ ހުސްވެފައިވާ މެންބަރުކަމުގެ ގޮނޑިއާ 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބާއްވައިފައެވެ.
މިއީ މިއަހަރުގެ ފުރަތަމަ ބައި އިލެކްޝަނެވެ. މި ބައި އިލެކްޝަނުގައި 37 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރަން އޮތް ނަމަވެސް، އިންތިހާބަކާއި ނުލާ 24 ގޮނޑި ޕީއެންސީން ވަނީ ހޯދައިފައެވެ.
އިންތިހާބު ބާއްވާފައިވާ ދާއިރާތަކުގެ ތެރެއިން ޕީއެންސީން ވަނީ 9 ގޮނޑިއެއް ކާމިޔާބު ކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ޕީއެންސީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައިފައެވެ. އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިން ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑިއެވެ. އެއީ އދ. ހަންޏާމީދޫ އަދި ނ. މިލަދޫގެ ޑަބްލިއުޑީސީގެ ގޮނޑިއެކެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް