ސަފާރީއަކުން ރޭ މޫދަށް ވެއްޓި ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފްގެ ޑައިވަރުން ކަނޑުގެ އަޑިން މިއަދު ނަގައިފިއެވެ.
ނ. ނޮޅުދޫ، ސީވީޑް، އަލީ އަރުޝަދު، 35، ގެ ހަށިގަނޑު ނެގީ 69 މީޓަރު އަޑިންނެވެ.
އެމްއެންޑީއެފުން ބުނީ އދ. އަތޮޅު މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން ރޭ ކަނޑަށް ވެއްޓުނު ޒުވާނާގެ ހަށިގަނޑު ހޯދައި ލޯންޗަށް ނަގާފައި ވަނީ މިއަދު 3:35 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ސަފާރީ ޓެކް މަތީގައި ހުއްޓައި، ސަފާރީގެ އަރިމަތީ ތަނެއްގައި ޖެހި މޫދަށް ވެއްޓޭ މަންޒަރު ސަފާރީގެ ސީސީޓީވީ ފޫޓޭޖަށް އަރާފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ