އޭނާގެ އުފަން ރަށަކީ ރ. ގާއުނޑޫދޫއެވެ. އެ ރަށުން މީހުން ބޭލުމަށްފަހު އަލުން އާބާދުކުރި ރ. ހުޅުދުއްފާރު އެވަބްލޫ، އަބްދުއްރަހުމާން މުހައްމަދުގެ ހިތްހަމަޖެހުމަކީ ރިޔަލު ދޯނި ދުއްވުމެވެ. ފަތިސް ނަމާދުން ފައިބައިގެން، ކޮންމެ ދުވަހަކު ކެޔޮޅުކަމު ނުކުންނަނީ އަމިއްލަ ހިތްހަމަޖެހުމަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ކަހަލަ ގޮތަކަށް ހުޅުއްދުއްފާރުގެ އުދަރެހުން މި ދޯނި ފެންނާނެއެވެ.
"މަހަށް ނުކުތީމަ ވާ ގޮތަކީ ފިނިކޮޅު ލިބި، އެއްގަމުގައި އުޅޭއިރު ހޫނުގަދަކަމުން ނުކެރޭ [ނުކުމެލާކަށް]. ކަނޑުމައްޗަށް ނުކުތީމަ ވަރަށް ފައްކާ ހަމަ،" އަބްދުއްރަހްމާން ބުންޏެވެ.
ހުޅުދުއްފާރުގައި މިހާރު ދުއްވަނީ ރިޔާ ނެގި ތިން ދޯންޏެވެ. ރިޔަލަށް ވައި އަޅުވާލަން ވައި ޖެހޭ ކޮންމެ ދުވަހަކު ލައްޓި، އާއި ރާގޮނޑި ފަދަ އެއްޗެހި ބާނަން އެ ތިން ދޯނި ނުކުންނާނެއެވެ. އިންޖީނުގެ އަޑާ ނުލައި، ހަމަހިމޭން ކަނޑުމަތީގައި ރާޅުތައް ކަފަކުން، ރިޔަލުގައި މަޑުމަޑުން ދޯނި ދުއްވުމަކީ އަބްދުއްރަހްމާންގެ ކޮންމެ ދުވަހެއްގެ ހިތްހަމަޖެހުމެވެ. އޭނާ ބުނީ އެ ދުއްވާ ރިޔަލު ދޯންޏަށް މިހާރު 40 އަހަރު ވެއްޖެ ކަމަށެވެ. އޭނާ ވެސް މި ދޯނި ގަތީ އެހެން މީހެއްގެ އަތުންނެވެ.
މި ވާހަކަތައް ތަފްސީލުކޮށް، "ހަތާވީސް އޮންލައިން"ގެ އެޑިޓަރު ހުސައިން ހަސަންއާ އެކު އޭނާ ކުރި ދަތުރުގައި މި ވަނީ ކިޔައިދީފައެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު