ދުނިޔޭގެ ސުލްހަޔާއި ސަލާމަތަށްޓަކައި ޓައިވާން ކަނޑުއޮޅީގެ ސުލްހަ އާއި ހަމަޖެހުން އޮތުން މުހިންމު ކަމަށް ޓައިވާނުގެ ކުރީގެ ރައީސް ސައި އިންގް-ވެން ވިދާޅުވެއްޖެއެވެ.
ސައި މިމޭރުމުން ވާހަކަފުޅު ދެއްކެވީ ކެނެޑާގައި، ހެލިފެކްސް އިންޓަނޭޝަނަލް ސެކިއުރިޓީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވަނީ ޖީ7 އަދި އީ.ޔޫގެ ސަމިޓްތަކުގައި އިރުމަތީ އޭޝިއާ އަދި ޓައިވާން ސަރަހައްދުގެ ހަމަޖެހުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވައި، އެގައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ. ސައި ވަނީ ޗައިނާގެ ހަރުކަށި ފިކުރުތަކާ ކުރިމަތިލުމުގައި ޓައިވާނުގެ ހިތްވަރު ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އުއްމީދު އައު ވެފައިވާކަމަށް ވިދާޅުވެފައެވެ.
ސަރަޙައްދީ ބައިވެރިންނާއެކު ސުލްޙަވެރި ޓައިވާން-ޗައިނާ މައްސަލައަށް ޙައްލުތަކެއް ހޯދުމުގައި ޓައިވާނުގެ ދިފާޢީ ބާރުތައް އިތުރަށް ހަރުދަނާކުރުމަށް ޓައިވާނުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ތަކުރާރުކޮށް ދެއްވާފައެވެ. ސައި ވިދާޅުވީ ޓައިވާނުން ކުރިއަށް އޮތް ހެލިފެކްސް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއްވިސްނުމެއްގެ ގައުމުތަކަށް ދައުވަތު ދީގެން ކަމަށެވެ. އަންނަ އަހަރު މި ފޯރަމް އޮންނާނީ ޓައިވާނުގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ